- Advertisement -ad image

އުމްރާއަށް ގޮސް އުޅުނު ދިވެއްސެއް ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ތާބިތް ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އުމްރާއަށް ގޮސް އުޅުނު ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެ ގްރޫޕުން ބުނީ ފާތިމަތު ވަހީދާ ގެއްލިގެން ހޯދަނީ، މޯބައިލް، ކާޑު އަދި ދަބަސް ކޮޓަރީގައި ބޭއްވުމަށް ފަހު އާއިލާގެ އެހެން މީހުންނާ އެކު ދަމުނަމާދަށް ގޮސް އުޅުމުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދުރަށް ދިއުމަށް ފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާތީ ކަމަށެވެ.

އަދި އޭނާ ނަމާދަށް ދިޔައީ ފިޔާތޮށިކުލައިގެ މާޖެހި، ދަނބުކުލައިގެ ހެދުމެއް ލައިގެން އަދި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން ކަމަށާއި މައްކާގައި ހުރި އެއްވެސް މީހަކަށް އޭނާ ފެނިއްޖެ ނަމަ، އެ ޖަމާއަތުގެ ހޮޓްލައިނަށް ގުޅައި އެކަން އަންގައިދޭން އެ ޖަމާއަތުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ