- Advertisement -ad image

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވަގުތު އިތުރު ކުރުމުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ކުރިއަށްދާ ކ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުމުގެ ވަގުތު ކުއްލިއަކަށް އިތުރު ކުރުމުން އިދިކޮޅު ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހަތަރެއް ޖަހަން 6 މިނެޓަށްވެފައި ވަނިކޮށް އިލެކުޝަނުން ކުރި ޓުވީޓެއްގައި ބުނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު މިއަދު 17:00އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ މިއަދު ކުރިއަށްދާ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕާޓީތަކާ މަޝްވަރާ ކުރުމެއްނެތި ވޯޓްލުމުގެ ވަގުތު އިތުރުކުރީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ނުފޫޒު ފޯރުވައިގެންކަމަށް ފުވާދު އެއްބަސްވެފައިވާ ކަމަށެވެ.
އަދި މިއީ އެމްޑީޕީގެ ހިސާބު ދިމާނުވެގެންކުރި ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ވޯޓުން ސީދާ ސަރުކާރު ބަލިވާނެކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް ކަމަށެވެ. އަދި ގަޑި އިތުރު ކުރަން ނިންމި ނިންމި ޕީޕީއެމުން ބަލައިނުގަންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ