އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަން:
މާލެ- މާފަންނު ސްޓޭޑިއަމްގައި
މާލެ- އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
މާލެ- މަސްޖިދުލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް
ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
ވިލިމާލެ- ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ޢީދުނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން ދިއުން
އަމިއްލަ މުޞައްލައެއް ގެންދިއުން
އަމިއްލަ ފެންފުޅިއެއް ގެންދިއުން
ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން
ހުރިހާ ބޭފުޅުންވެސް މިކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދެއެވެ.