- Advertisement -ad image

ކޮތަޅުން ނަގަން ފެށި ޓެކްސް: ރައީސް ސާލިހުގެ ނާގާބިލުކަން ދައްކަން މަޖިލީހުން ކޮށްދިން ހެޔޮކަމެއް!

ad image

ގުޅުންހުރި ލިޔުންތައް


ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކެއް ސަބަބުން ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފަށާފައުވާތީ ރައްޔިތުންނަށް މިވަނީ ބޮޑު ބުރައަކަށްވެފައެވެ.
ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގުކުރެއްވީ 18 ޑިސެމްބަރު 2022 ގައި ކަމަށެވެ.
އުޝާމު މިގޮތަށް ވިދާަޅުވީ، ކޮތަޅު ބޮނޑިން ޓެކްސް ނުނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލްގެ އިސްލާހު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ.
އެގޮތުން ކުރެއްވި ޓުވީޓެއްގައި އުޝާމު ވިދާޅުވީ ގާނޫނު ތަސްދީގު ކުރިތާ 4 މަސްފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ 27 މާޗް 2023 ގައި ކަމަށެވެ.
“ މިސަރުކާރު ސްލޯކަމުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ. މިބިލްގެ އިބްތިދާއީ ބަހުސްވެސް އަދި ނުފެށޭ. މިފެށޭ ހަފްތާގަ މަޖިލިސް 15 ދުވަހުގެ ރިސެސްއަކަށް ދާއިރު ކައިރި މުސްތަގުބަލެއްގަ ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމަށް ޝައްކު “ އުޝާމު ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކޮތަޅުން ޓެކުސް ނަގަން ފާސްކުރި އިރު މިއަދު މިކަން މިވަނީ ރައްޔިތުންނަށް ބޮޑު ތުރާލަކަށްވެފައެވެ. އެކި ފިހާރަތަކުން ކޮތަޅަށް ނަގަނީ އެކި އަގުތަކެވެ. އެގޮތުން ދެ ރުފިޔާއިން ފެށިގެން ފަސް ރުފިޔާ އާއި ދޭތެރޭގެ އަގެއް ބައެއް ފިހާރަތަކުން ކޮތަޅަށް އެބަ ނަގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ