- Advertisement -ad image

މިއަހަރުގެ ހައްޖު ކޯޓާ ލިބުނު ކުންފުނިތައް އިއުލާނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ހައްޖަށްމީހުން ގެންދިއުމަށް ހުއްދަދީފައިވާ ތިން ކުންފުނި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން 1444 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވަނީ:
އަލްހަރަމައިން ހައްޖު އެންޑް އުމުރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މިކުންފުނިން ހައްޖަަށްދާން ދައްކަން ޖެހެނީ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއަށެވެ. މި ކުންފުންޏަށްދީފައިވާ ކޯޓާގެ އަދަދަކީ 90 އެވެ.
ސިސިލްފަރު ހައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް
މިކުންފުނިން ހައްޖަށްދާން ދައްކަންޖެހެނީ ހަތްދިހަ ފަސްހާސް ދުއިސައްތަ ފަންސާސް ރުފިޔާއެވެ.
ސިސިލްފަރު ގުރޫޕަށްވެސް ލިބިފައިވަނީ 90 ކޯޓާއެވެ.

އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
މިކުންފުންޏަށް ހައްޖަަށްދާން ދައްކަންޖެހެނީ ހަތްދިހަ ފަސްހާސް ރުފިޔާއެވެ.
މި ގުރޫޕަށްވެސް ދީފައިވަނީ 90 ކޯޓާއެވެ.

މި ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ހަދާފައިވާ ގަވައިދު ހަނދާންކޮށްދީފައެވެ. މި ގޮތުން ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން ގިނަ ކޯޓާއަށް މީހުން ގެންދާނީ ހައްޖު ކޯޕަރޭޝަންއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ