- Advertisement -ad image

ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، އަމަލީ މަސައްކަތް ފަށައިފިއެވެ.
މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ވަޅުގަނޑު ހެދި، އަޑިގުޑަންތައް ހެދިފައިވުމުން ވެހިކަލްތައް ދުއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ އާއްމުން ވަނީ ކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު މަރިޔަމް ޝިއުނާ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި މިފަދަ އަޑިގުޑަންތަކާއި ވަޅުގަނޑުތައް ރަނގަޅުކޮށް، މަގު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.


އެ މަގުގެ މަސައްކަތް ކުރަމުންދަނީ އިތުރު ބަޔަކާ ހަވާލުނުކޮށް ސިޓީ ކައުންސިލުންނެވެ.
ބޮޑުތަކުރުފާނު މަގުގައި އަޑިގުޑަންތައް ހުރެގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކޮށްފައެވެ. މިކަން މެދުވެރިވަނީ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ