- Advertisement -ad image

އިދިކޮޅުގެ “ކޮތަޅު” ޖަލްސާ ހުކުރު ދުވަހު

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމުން “ކޮތަޅު” ގެ ނަމުގައި މި އަންނަ ހުކުރު ދުވަހު ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މި ޖަލްސާއާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ޖަލްސާ ބާއްވާނީ އާޓިފިޝަލް ބީޗުގައިކަމަށެވެ. އެ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 8:30 ގައެވެ.

އަދުރޭ ވިދާޅުވީ އެ ޖަލްސާ “ކޮތަޅު”ގެ ނަމުގައި ބޭއްވި ނަމަވެސް މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ވަރަށް ގިނަ ކަންކަމާ ގުޅޭ ޝުއޫރު ފާޅުކުރަމުން ދާނެކަމަށެވެ.

މީގެއިތުރުން އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް މި ސަރުކާރުން ދެމުން ގެންދާ އަނިޔާގެ ވާހަކަވެސް އެ ޖަލްސާގައި ދައްކާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ