- Advertisement -ad image

އުމްރާއިން އެނބުރި އައުމަށްފަހު ސަމާލުކަންދޭންވީ މިކަންކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


ޢުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަތާ 14 ދުވަސްތެރޭ ރޯގާ ޖެހި ބަލީގައި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާ ޖެހި ކެއްސާއި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށެވެ.


އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެޗްޕީއޭއިން ބުނީ ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭންވާނެކަމަށެވެ.
ރާއްޖެއިން މިއަހަރު އެންމެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވަނީ ނިމުނު ރަމަޟާންމަހުއެވެ. އެގޮތުން ރަމަޟާންމަހުގެ ފަހު 10 އެއްގައި ޢުމްރާއަށް ދިޔ މީހުން މިހާރު ވަނީ އަންނަން ފަށާފައެވެ.


އާއްމުގޮތެއްގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށްފަހު އަންނަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރޯގާޖެހިގެން އަންނަ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ