- Advertisement -ad image

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބެއް ނޫން: ޑރ މުނައްވަރު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫން ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައަޅާފައިވާ މައްސަލައަށް އިޝާރަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. މުނައްވަރު ވިދާޅުވީ ގާނޫނުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫންކަމަށާއި އެއީ ހިތާމައެއްކަމަށެވެ.
އަދި އެކަމުގައި އިހްމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެކަމަށްވެސް މުނައްވަރު ވިދާޅުވެފައިވެއެވެ.


ޑރ. މުނައްވަރު މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސައިގައި ރާއްޖޭގެ އީޒެޓް ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް ނިމުނު ނިމުމަކީ ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށްވެސް ލިބުނު ރަނގަޅު ކާމިޔާބީއެއްކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ