- Advertisement -ad image

ޕާރކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ފޭސް އެކެއްގެ މަގުމަތީގައި ޕާރކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީ މަގުމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެއީ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މިމައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެމީހާ ފެނިފައިވަނީ ސަހަރާއާއި ދިމާލުން ޕާކުކޮށްފައި އޮއް ނޫ ކުލައިގެ ވޭނެއްގެ ތެރެއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ