- Advertisement -ad image

ރާއްޖޭގެ ދެކުނުން ކަނޑުމަސް އާލާވާކަމަށް ބުނެވޭ ހިސާބެއްގައި، ދުވަސްކޮޅަކުން އެތައް މޭލު ދިގުމިނުގެ ބޮޑުދާ އަޅަންފެށުން އެކަށީގެންވޭ: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ދެކުނުން ކަނޑުމަސް އާލާވާކަމަށް ބުނެވޭ ހިސާބެއްގައި، ދުވަސްކޮޅަކުން އެތައް މޭލު ދިގުމިނުގެ ބޮޑުދާ އަޅަންފެށުން އެކަށީގެންވާ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަހަކުން މަހަކުން ބާނައިގެން ދިވެހިން މަސްވެރިކަން ކުރަމުން އައި، ރާއްޖޭގެ ދެކުނުން ކަނޑުމަސް އާލާވާކަމަށް ބުނެވޭ ހިސާބެއްގައި، ދުވަސްކޮޅަކުން އެތައް މޭލު ދިގުމިނުގެ ބޮޑުދާ އަޅަންފެށުން އެކަށީގެންވާ ކަމަށެވެ.
އަދި މިއީ ދެކުނުގެ މަސްވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވައްޑޭ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ބަލައިގަންނަން ކުއްލިއަކަށް އެއްބަސްވީމާ، އަނގަބަހުން ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރާނެކަމަށް ބުންޏަސް އެއީ މޮރިޝަސްގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށާއި ބޮޑުދާ އަޅަން ވިއްކަން ފެނިއްޖެއްޔާ ހަމަ ވިއްކާނެ ކަމަށެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖޭގެ އީޒެޓް ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ