- Advertisement -ad image

ރިޔާސީ އިންތިހާބަށް ހަތަރު މަސް: ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރާނެކަން އިއުލާނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބު ކައިރިވެ ދައުރު ނިމެން ހަތަރު މަހަށް ވެފައިވަނިކޮށް ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އިއުލާނު ކުރައްވައިފިއެވެ.
ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުންކަމަށެވެ.
އެ ގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެންނަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް، މިދިޔަ މާޗް މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރައީސް ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އެ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް ޕޭ ކޮމިޝަނުންނާއި ހެލްތު މިނިސްޓްރީން މިއަދު އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދާއިރާތަކުގެ އިތުރުން ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮބަދަލުތަކެއް ގެންނަވާނެކަމަށެވެ، އަދި އެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހިޔާ ފްލެޓްތަކުގެ އަގަށްވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އިންތިހާބުތަކާއި ދިމާކޮށް ކަންކަން އިއުލާނުކުރައްވާ ރައީސެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ