- Advertisement -ad image

އަސްކަރިއްޔާގެ ސީނިއާ އޮފިސަރުން ލައްވާ ޗާގޯސް މައްސަލައިގެ ކަން އޮތްގޮތް އޮޅުވާލަން މަސައްކަތް ކުރީތީ ހިތާމަކުރަން: ކެޕްޓަން އިހުސާން

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ދެކުނުގެ އީއީޒެޑް ނިމެނީ ސީނު ގަމުން ފެށިގެން 200 މޭލަށް ކަން ގާނޫނަކުން ކަނޑައެޅިފައިވާކަން ދިވެހި ކިޔަން އިނގޭ ކޮންމެ މީހަކަށް އެނގެން އޮތްއިރު އަސްކަރިއްޔާގެ އެންމެ ސީނިއަރ އޮފިސަރުންގެ ތެރެއިން 4 އޮފިސަރުން ލައްވާ މިކަން ތިމަންނާމެނަށް ނޭނގެއޭ ބުނުވުމަކީ ކުރީގެ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުން ލަދުވެތިވެ ހިތާމަ ކުރާ ކަމެއް ކަމަށް ކެޕްޓައިން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޓްލޮސްގެ ނިންމުމާއި އެކު މި ސަރަހައްދު ކުޑަވެއްޖެ ކަމަށާއި އަދި ކުރިންވެސް މިހާރުވެސް ދިފާއު ކުރަންޖެހޭ ސަރަހައްދު ސިފައިންނަށް ސާފުވާނެ ކަމަށެވެ.
” އަސްކަރިއްޔާ އާއި އަސްކަރީ ޔުނީފޯމްގެ އަގުވެއްޓޭ މިބާވަތުގެ ކަންކަން އެއްވެސް ސަރުކާރަކުން ދިވެހި ސިފައިންލައްވާ މަޖުބޫރުން ކުރުވައިގެން ނުވާނެ ” އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރުގެ ޖޫން މަހު މޮރީޝަސް އިން ރާއްޖޭގެ އީއީޒެޑް ކުޑަކޮށް ޑީލިމިޓް ކުރަން އިޓްލޮސްގައި ދައުވާ ކުރަން ދެން ރާއްޖޭގެ ދެކުނުގެ އީއީޒެޑްގައި ފުށުއެރުމެއް ނެތް ކަމަށެވެ.
އަދި އޭގެ ފަހުން ފުށު އެރުން އޮތް ކަމަށް މޮރީޝަސް އިން ބުނި ކަމަށްވިއަސް 28 އެޕްރީލް 2023 އާޖެހެންދެން 200 މޭލު ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ޝައްކުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ޔުނީފޯމް އަދި މުއައްސަސާގެ ކަރާމާތް އިސްކޮށް ބައެއް ކަންކަމަށް ނޫނެކޭ ބުނުމަކީ ސިފައިންގެ އެތިކަލް އޮބްލިގޭޝަންއެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ