- Advertisement -ad image

ހޯމް މިނިސްޓަރުގެ ބަސްމަގު ހުރިގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ: ޝިޔާމު

ad image

ގުޅުންހުރި ލިޔުންތައް


ހޯމް މިނިސްޓަރު އިމުރާނު އަބްދުالله ގެ ބަސްމަގު ހުރިގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މޭޑޭ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ ޝިޔާމު ވިދާޅުވީ، އިމުރާނުގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދަޢުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.
“ މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ. މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ “ ޝިޔާމު ވިދާަޅުވިއެވެ.

މޭޑޭ އާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހޯމް މިނިސްޓަރު އިމުރާނު އަބްދުالله ވިދާޅުވީ، ރައީސް ޔާމީނުގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރެވުނީ މޭޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހަރާން ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ހުކުމާ ގުޅިގެން އެމަނިކުފާނު މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ