- Advertisement -ad image

މާލެސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ “ޕްލާސްޓިކާ ދުރުވުމުގެ” ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި އަދުގެ ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށެވެ. މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުމައްޗަށް ގޮސް ކޮތަޅު ބަހާ ގޮތަށެވެ.

މި މައުޟޫޢު އާއި ގުޅެގޮތުން މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުމަކީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބީތަކަށް ބަހާނެ ކަމަށާއި މާލެ ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށެވެ. އަދި މި ކަމަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ މުޢިއްޒު ވިދާޅުވީ އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ ކަމަށާއި، ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑަލި ކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ މިއީ ރަނގަޅު ކަމެއް ކަމާއި، އަދި މީގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ކަމަށް ފެނިވަޑައިންނަވާކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ