- Advertisement -ad image

މިވެރިކަން ބަދަލުވުމުން ގެއްލުނު ސަރަހައްދު ހޯދުމުގެ މަސައްކަތް ފަށާނަން: ޑރ މުނައްވަރު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަށް މެދުވެރިވި ސަބަބުތަކާއި ގުޅޭގޮތުން ކުރީގެ ބަންޑާރަނައިބުންނާއި، ކުރީގެ މިނިސްޓަރުން އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ މުނައްވަރާއި، އާޒިމާ ޝުކޫރު އަދި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައި ވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަން ނޫން ކަމަށް ޤަބޫލުކުރާކަމަށް އިއްތިފާގު ވެފަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ޑރ މުނައްވަރު ވިދާޅުވީ ސަރުކާރުން އުފާފާޅުކުރީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމުމުން އެއީ ކާމިޔާބީއެއްކަމަށް ސަރުކާރުން ސިފަކުރަމުން އައިސްފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އެހެންކަމުން 28 އޭޕްރިލް ގައި އިޓްލޮސްއިން ނިންމި އެ މައްސަލަ ސަރުކާރުގެ ފަރާތުން އިސްތިއުނާފު ކުރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ.
އެކަން ފާހަގަކުރައްވާ ޑރ މުނައްވަރު ވިދާޅުވީ މިހާރު އެމަނިކުފާނާއި، އެމަނިކުފާނާއި އެކު އެ މަސައްކަތް ކުރުމަށް ތިބި ހުރިހާ ފަރާތްތަކާއި ގުޅިގެން ދިވެހިރައްޔިތުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި ހަމައެއާއެކު ޑރ މުނައްވަރު ވިދާޅުވީ މިހާރު ގުނަމުންދަނީ މި ސަރުކާރުގެ ފަހު ދުވަސްތައް ކަމަށާއި، މި ސަރުކާރު ނިމުމާއެކު ދިވެހިރާއްޖޭގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހޯދުމަށް ވަކާލާތު ކުރަންވީ ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ތިބާގެ ޖެނެރަލްކަމުގަ ނުދައްކާ ވާހަކައެއް ނުކުރާކަމެއް މިހާރު ދެން ކޮން ވީދުމެއް ތިޔަ ވީދެނި. ކަރުދާސްގަނޑެއްގަ ކަލޭ ބުރެއް އެޅިވާހަކަ އޭރަކުވެސް ނުދައްކާ… ނުދެއްކީ ކިހާފައިސާއެއް ލިބިގެންތޯ؟؟؟؟

  2. ތީ ްވާހަކައެއްނޫން ޗާގޯސް ރަށްތައްވެސް ހޯދާ އެރަށްތައްދޫކޮށްލީ ކީއްވެ. ޗާޓު ކުރެހި އިރު ދާއިރާއިން ކިޔަވައިގެން އައިސް ކީއްވެ އެރަށްތައްދޫކޮށްލީ ޔަގީނުންވެސް އެއްވިޔަވަޅެއްގެ މަތީގަވާ ލަކްޝަދީބު ، މާލްދީބު، ފެހެންދީބު މިއީ ދިވެހި ރާއްޖެ. އަނބުރާ ހޯދޭނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ