- Advertisement -ad image

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ސިފައިން ނިކުމެ ފެން ހިއްކަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަން ފަށައިފި.
އެެގޮތުން މިއަދު ހެނދުނު 06:08 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، މިހާތަނަށް މާލޭގެ ތިން ސަރަހައްދެއްގައި (ގިޔާސުއްދީން ސުކޫލު،އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް) ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި ކ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މެޓުން ބުނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ