- Advertisement -ad image

ބިން ލިބޭ ރަށްތަކުގައި މި އަހަރު އައު އިންޖީނުގެތައް އަޅަން ފަށާނަން: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

ބިން ލިބިފައިވާ ރަށްތަކުގައި ސްޓެލްކޯއިން އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައިވާހަކަފުޅުދައްކަވަމުން ފަހުމީ ވިދާޅުވީ ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް މީހުން ދިރި ނޫޅޭ ސަރަޙައްދުތަކަށް ބަދަލުނުކުރެވިފައި ހުރި ރަށްރަށުން ބިން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމަށާއި، އޭގެ ސަބަބުން ދުމާއި އަދި އަޑުގަދަވުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި ބިން ހިއްކުމުގެ މަސައްކަތް ބައެއް ރަށްރަށުގައި މިޙާރުވެސް ކުރަމުންދާ ކަމަށާއި، ބިން ހިއްކާނިމި ޖާގަ ތަނަވަސްވިހާ އަވަހަކަށް އެ ރަށްރަށުގައި ހުރި އިންޖނުގެތައް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ރަށްރަށުގައި މިހާރުވެސް އ މަސައްކަތް ކުރަމުންދާކަންވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން މިއަހަރުގެ ތެރޭގައިވެސް ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި 3 އިންޖީނުގެ ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ