- Advertisement -ad image

މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި “އެމް ސަވާރީ” ބޯޓު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި “އެމް ސަވާރީ” ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މި ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.

މި އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ.ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ ކުރަމުންނެވެ.

މިއުޅަނދަކީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި މި އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ދަތުރުކުރި ކަމަށްވެސް އެމްްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ.

މި އުޅަނދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ