- Advertisement -ad image

43 ވަނަ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަޢުދި އަރަބިއްޔާގައި ބާއްވާ 43 ވަނަ ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މައްކާގައި އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތެކެވެ.

އެ މުބާރާޔުގައި ރާއްޖެއިން ބައިވެރިވުމަށް ލިބިފައިވަނީ ދެ ފުރުސަތެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ.
ގުރުއާން އެއްކޮށް ހިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާތިބިއްޔާ އާއި ތައީސީރުގެ މަގުން ތަވާވުރުވެގެންވާ 7 ޤިރާއަތަށް ކީރިތި ގުރުއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން
މުޅި ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ގުރުއާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުން
މުޅި ގުރުއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތިޤުރުޢާން ތަޖުވީދުގެ މަގުން ކިޔެވުން
ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއި އެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ އެ މުބާރާތުގައި ކުރިން ބައިވެރިވެފައިވާ ފަރާތްތަކަށް ދެން ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވެނީ ހަމައެކަނި 25 އަހަރު ނުވާ ފިރިހެނުންނަށްކަމަށްވެސް ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަތަކުން ސިޓީ އާއި ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ އަދި ޝަރުތު ހަމަވުމަށް ބޭނުންވާ ލިޔުންތައް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ