ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް މުސްލިމް ނޫން ދައުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
އެގޮތުން އިލްމްވެރިންގެ ގުޅުމުން ބުނީ ރާއްޖެއަށް ޤާނޫނީ ގޮތުން ލިބިފައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް އެޕޮއިންޓްމެންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒަށް އަށް ސިޓީ ފޮނުވައިފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް ޤާނޫނީ ގޮތުން ލިބިފައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާ ތެރެއިން މިއަދު ވަނީ ޑރ. މުޙައްމަދު މުނައްވަރާ ބައްދަލުކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން މިއަދު ވަނީ ޕީޕީއެމް އާ ބައްދަލުކޮށް މުހިއްމު މަޢުލޫމާތުތަކެއް އެއްކޮށްފައި ކަމަށްވެސް އެގުޅުމުން ބުނެއެވެ.