- Advertisement -ad image

ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ، ގައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދެއް ނުވާނެ: އާޒިމާ

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ ކަމަށާއި، ގައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދުނުވާނެ ކަމަށް ކުރީ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފަދައިން ވިދާާޅުވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ޗާގޮސްއާއި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރުމާމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމާފައިވާ ނިންމުމަށް ބަދަލު ނުގެނެވޭނެކަމަށް ވިދާޅުވުމުންނެވެ.
އާޒިމާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓުގައި ވަނީ އިގުތިސާދީ ހާއްސަ ސަރަހައްދުގެ މައްސަލަ އިޓްލޮސްގައި ނިންމަވައިލެއްވީ އެ ޓްރައިބިއުނަލުގެ އިޖުރާއީ އުސޫލުތަކާއި ހުކުމްތައްވެސް ވިދާޅުނުވެ ނުބައްލަވައިތޯ ސުވާލު އުފައްދަވާފައެވެ.
އަދި އެ ޓްރައިބިއުނަލުގެ އިޖުރާއީ އުސޫލުތައް ހިއްސާ ކުރައްވަމުން އާޒިމާ ފޭސްބުކުގައި ވިދާޅުވީ، އެ އުސޫލުތަކުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ، އިޓްލޮސްގެ ނިންމުމެއްގެ ދާއިރާ (ސްކޯޕް) ނުވަތަ މާނައާމެދު ޚުޞޫމަތެއް އުފެދޭ ހާލަތުގައި އެ މައްސަލައިގެ ނިންމުން ތަފުސީރުކުރަން ހުށަހެޅޭނެ ކަމަށެވެ.
އަދި ހަމައެެހްނެމެ، އެ އުސޫލުތަކުގެ 127 ވަނަ މާއްދާގައި ބުނެފައިވަނީ ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ޚަޞްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާޤިއާއެއް އެނގިއްޖެ ހާލަތުގައި އިޓްލޮސްގެ ނިންމުމެއް މުރާޖައާކުރަން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ އެ އުސޫލުތަކުގެ ދަށުން ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ﷲގެ ރަޙުމަތްފުޅުން ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ ކަމަށާއި، ޤައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދުނުވާނެ ކަމަށެވެ.
އޮންލައިން ނޫހަކަށް މައުލޫމާތުދެއްވަމުން ރިފްއަތު ވިދާޅުވެފައިވަނީ އިޓްލޮސްގެ ނިންމުމަކީ ނިހާއީ ނިންމުމެއްކަމަށާއި އެ ނިންމުމަށް ބަދަލުގެނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުން އިސްތިއުނާފުނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ