- Advertisement -ad image

ކަނޑު ވިއްކުމާއި ދެކޮޅު ބޮޑު އެއްވުން ޖޫން 2 ގައި، ޕެޓިޝަނެއްގައި ވެސް ސޮއިކުރަން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ކަނޑުން ބައެއް ގެއްލުނު މައްސަލާގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ބާއްވާނެކަމަށް އެ މައްސަލާގައި އެކި ސިޔާސީ ޕާޓީތަކާއި ޝަޚުޞިއްޔަތުތައް ހިމެނިގެން އެކުލަވައިލާފައިވާ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުގެ ފަރާތުން ރޭ ޖެން ހޮޓަލުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ކަނޑުން ބައެއް ގެއްލުނު މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށެވެ.
އަދި އެ އެއްވުމަކީ އެއްވެސް ހާލެއްގައި ސިޔާސީ އެއްވުމެއް ނޫން ކަމަށެވެ. އެ އެއްވުމަކީ ޤައުމީ ވިސްނުމުގައި ބާއްވާ ޤައުމީ ހަރަކާތެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މި އެއްވުމުގެ އިތުރުން މި މައްސަލާގައި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މި މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައިވާ އިއްތިހާދަކީ ސިޔާސީ ފިކުރުތައް އެކަހެރިކުރުމަށްފަހު ޤައުމީ ވިސްނުމެއްގައި މަސައްކަތްކުރަން ނިކުމެ އޮތް ކޯލިޝަނެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ