- Advertisement -ad image

މިދައުރުގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ބުރާސްފަތި ދުވަހު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.
ޖަލްސާތައް އަލުން ފަށާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ވަނީ އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ