- Advertisement -ad image

ފުއްގުރި މައްސަލައިގާ ހެކި ބަލައިގަތީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

ad image

ގުޅުންހުރި ލިޔުންތައް


ވ.ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވެއެވެ. އަދި ބައެއް ލިއުންތަކާއި ސިއްރު ހެކިތައް ހާމަ ނުކުރާތީ އެކަމުގެ ހިތްހަމަޖެހުން ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހާމަކުރިއެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް، މިދިޔަ ފެބްރުއަރީ މަހު ނިންމަވާފައި ވަނީ ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެ، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ