- Advertisement -ad image

އީޕީއޭގެ “ތިމާވެށި” ބޯޓު، އިފްތިތާހު ކުރީ އިންޑިއާގެ ކުލަތަކާއި ހިންދޫއިންގެ އަޅުކަމާއިއެކު!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ބަންނަ، މޮނިޓަރިން އެންޑް ރީިސާޗް އުޅަނދު “ތިމާވެށި”، އިންޑިއާގެ ދިދަތަކާއި، ހިންދޫއިންގެ އަޅުގަކަމާއިއެކު އިފްތިތާޙް ކޮށްފި އެވެ.
އިންޑިއާގެ އަޅުކަންތަކުގައި އާއްމުކޮށް ބޭނުންކުރާ މަލާއި، އެ ގައުމުގެ ދިދައިގެ ކުލަތައް ހިމެނޭ ފުއްޕާހަންތަކުން ޖަރީކޮށްފައިވާ ރާއްޖޭގެ “ތިމާވެށި” އިފްތިތާހު ކޮށް ދެއްވީ ގޯއާގެ ޗީފްމިނިސްޓަރު ޑރ ޕްރޮމޯދު ސާވަންތެވެ.
މި ބޯޓު އިފްތިތާޙް ކޮށްފައިވަނީ ހިންދޫއިންގެ ދީނީ އަޅުކަމެއްގެ ގޮތުގައި އޮންނަ ގޮތަކަށް ކާށި ފެޅުމަށްފަހުގައެވެ.


ކާށި ފެޅުމަކީ އާއްމުކޮށް ހިންދޫއިން އަލަށް ކަމެއް ފަށާއިރު، ނުވަތަ އިފްތިތާޙް ކުރާއިރު ދީނީ ގޮތުން އެމީހުން ކޮށް އުޅޭ ކަމެކެވެ.
މިފަދަ ގޮތަކަށް މި ދޯނި އިފްތިތާހްކޮށް މޫދަށް ބަލާފައިވާ އިރު، މިއީ ރާއްޖެއަށް ވޯލްޑް ބޭންކުން ދީފައިވާ 15 މިލިއަން ރުފިޔާގެ އެހީގައި ބަނދެފައިވާ އުޅަނދެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މި މޮނިޓަރިން ރިސާޗް އުޅަނދު ބަނުމުގެ ޕްރޮޖެކްޓް ބިޑް ކާމިޔާބުކޮށް އުޅަނދު ބަނދެފައި ވަނީ އިންޑިއާގެ ގޯއާގެ ވިޖޭ މެރައިން ޝިޕްޔާޑުންނެވެ. މި މަސައްކަތާ ވިޖޭ މެރައިން ހަވާލުވީ 2020 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ