- Advertisement -ad image

އައިޖީއެމްއެޗުން އޮޕަރޭޝަން ކޮށް ނިންމާލިއިރު ބުރުމާ ކަށިއޮތީ އެތެރޭގައި!

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުން ހިންގާ އައިޖީއެމް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނަކަށް ބޭނުން ކުރި ބުރުމާގެ ކައްޓެއް ހަށިގަނޑު ތެރޭގައި އޮތް މަންޒަރު ފެންނަ އެކްސްރޭއެއްގެ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާއްމުވެއްޖެއެވެ.
އެ ފޮޓޯތައް އާންމު ކުރި ފެނަކައިގެ ކުރީގެ ޑިރެކްޓަރ މުއާޒް ހަލީމް ވިދާޅުވީ، ދާދިފަހުން އޭނާގެ ޢާއިލާގެ ކަނބަލަކު އެކްސިޑެންޓްވެ ކޮނޑުގެ ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަށިގަނޑަށް ބޯލްޓްތަކެއް ޖަހަންޖެހުނު ކަމަށެވެ.
މި ސާރޖަރީއަށް އައިޖީއެމްއެޗުން ބޭނުންކުރި ބުރުމާގެ ކަށި ސާރޖަރީގެ ވަގުތުގައި ބިންދައިގެން ދިޔަކަން އެނގޭ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
“ އެހެންނަމަވެސް ސާރޖަރީއަށް އެތައްދުވަހެއް ވީފަހުން އިއްޔެ އެނގިގެން ދިޔައީ ބިންދައިގެންދިޔަ ބުރުމާ ކަށި އޮތީ ހަށިގަނޑުތެރޭގައިކަން. މިއަދު އެކްސްރޭ ބެލުމަށްފަހު ޑޮކްޓަރު މިބުނީ ކަށި އެތެރޭގައި އޮތަސް ” އޯކޭ ” ކަމަށް! “ މުއާޒުގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
އިންސާނުންގެ ކަށްޓަށް ޖަހާ ބޯލްޓް ހަދާފައި ހުންނަނީ “އޯކޭ” ވާގޮތަށްކަން އެނގޭ ކަމަށާއި އެކަމަކު ބޯލްޓްޖަހަން ގެންގުޅޭ ބުރުމާގެ ކަށި އެތެރެއަށް ދޫކޮށްލާފައި ފަހާލީމާ އެވިދާޅުވާ “އޯކޭ” ވުމަކީ ކޮބައިކަން އެނގުނު އެއްވެސް ޑޮކްޓަރަކާއި ދިމާވެފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ އޭނާގެ ޕޯސްޓަކީ ސިޔާސީ އަދި ބައެއްގެ އަގުވައްޓާލަންވެސް ލިޔުނު ޕޯސްޓެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ