- Advertisement -ad image

މައުމޫނަށް ކޮޅުކެހި ލިބި މެންބަރުން ހަމަނުވެގެން އެމްއާރުއެމް ވެސް އުވާލަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވުމަންޓް އުވާލަން ނިންމައިފިއެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުސަތު ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.
އެމްއާރުއެމް އުވާލަން ނިންމާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމުގެ އަޑުތައްވެސް ފެތުރިފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ގޯސްމިވީ އީސީއެވެ. އެކިޔަނީ 30000 ހާސް އެކޭ ނޫނެވެ. އެންމެ ތިންހާސްއެވެ. އަދިވެސް ސިޔާސީ އަނގަ ތަޅާތިއެވެ. ޑިމޮކްރެޓަށް ހުރި ފިލާވަޅެކެވެ.

  2. އެހެންނޫނަސް އެމްއާރުއެމަކީ އުފެއްދުމިގާވެސް ބާތިލް ޕާޓީއެއް، އެޕާޓީގެ މީހުން ރަށްރަށަށް އަރާ މީހުންހަމަކުރީ އެހެންޕާޓީތަކުގަ ތިބި މީހުންލައްވާ ގަދަކަމުން ސޮއި ކުރުވައިގެން، އެހެންޕާޓީތަކުގެ މެންބަރުން ކާރީ ބުނަނީ ތިންހާސް މީހުން ހަމަކޮށްލާދޭށޭ، ޕާޓީ އުފެއްދުމަށްފަހު ދެން ތިމީހުންތިބި ޕާޓީތަކަށް ބަދަލު ވިއަސް އެންމެ ރަނގަޅު ކަމަށް،
    މިހާރު ދެން ތިބޭނެ ރާކަނި ކެވިފާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ