ނ.މަނަދޫ ނައީމާ މޫސާ މަރާލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ހޯދާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނައީމާގެ މަރުގެ މައްސަލާގެ ތަފުސީލު ހިއްސާ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ، ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިންވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ހޯދާފައިވާ ކަމަށެވެ.
އަދި އެ އަންނައުނުތައް ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާފައި ވަނިކޮށް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ނ.މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ދެ މީހުން ވަނީ ހައްޔަރުކޮށްފައިެވެ.
