- Advertisement -ad image

ކުޑަގިރި އަށް ފަތުރުވެރިން އަރުވަން ފެށުން، ރަންބިސްއަޅާ ކުކުޅާއި ހެދި އަހަރުމެނަށް މިނިވަންކަމެއް ނެތް

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތައް ފެށިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަޤުބޫލު ރަށެކެވެ.
ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރިއަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް ކުޑަ ފީ އެއް ދައްކައިގެން ބޭނުން ކުރެވޭގޮތަށް މިހާރު ވަނީ ހަދާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަ ފާރިތައް ނުވަތަ ގެސްޓް ހައުސްތައް ދަނީ އިތުރުވަމުންނެވެ.
އަދި މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުން ދާއިރު، ދިވެހިން ޕިކްނިކް ދާން ކަމަށް ބުނެ ސަރުކާރުން ހަދައިދިން ކުޑަގިރި އަށް ފަތުރުވެރިން އަރުވަން ފެށުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕްތައް ގެންދެއެވެ.
މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހިޔާލެއް ފިކުރެއް ނެތި މިހާރުވެސް ބައެއް ރަށްރަށުގައި ފަތުރުވެރިން އުޅެމުންދާ އަހަރުމެންގެ މުޖުތަމައުއާއި ބީރައްޓެހި ގޮތްތަކެވެ.
ކުޑަކުރި ހަދައިދިނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާން ކަމަށް ބުނި ނަމަވެސް މިހާރު ކުޑަގިރި ބަދަލުވަމުން މިދަނީ ފަތުރުވެރިންނަށް ވިއްކާ ގިރިއެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ