- Advertisement -ad image

ރާއްޖޭގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން: އުމަރު ނަސީރު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން ކަމަށާއި ރާއްޖެ އަށް ބޭރުގެ ސިފައިން ބާލައިގެން ގަންނަމުން ދަނީ “ކޮން ގަނޑެއްތޯ” ސުވާލު އުފެދިފައިވާ ކަމަަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި، ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ”ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަން“ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ، އިޓްލޮސްގެ ނިންމުމާއެކު، ރާއްޖޭގެ ކަނޑުން 44،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިގެން ދިޔައީ ކަމަށާއި، ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

އުމަރުގެ ވާހަކައިގައި، ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ސަރުކާރު ދިފާއު ކުރާ މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ.

އެގޮތުން، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ކަނޑުން ބައެއް ގެއްލުނީސް ކަމަށާއި، އިޓްލޮސްގެ ނިންމުން ބަދަލު ނުވީސް ކަމަށް ބުނާ ފަރާާތްތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިފައިވާ ކަމަށް ގަބޫލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ