- Advertisement -ad image

މިމަހު 22 ގެ ކުރިން މުސާރަ ދިނުމަށް ފިނޭންސުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


އަޟްހާ އީދާއި ގުޅިގެން 25 ޖޫން އިން ފެށިގެން 29 ޖޫން އަށް ވާ މުއްދަތަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ މިމަހުގެ 22 ގެ ކުރިން މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
އެހެންކަމުން ސަރުކާރު އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށް ފިނޭންސްގެ ސާރކިއުލަރގައި ވަނީ ބުނެފައެވެ.
އަދި މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން މުސާރަ އާންމުކޮށް ޖަމާކުރަނީ މަހުގެ 28-30 އާ ދެމެދުގަ އެވެ. ނަމަވެސް އެމްއެމްއޭ އިން ނިންމާފައި ވަނީ އެ ބޭންކާއި އެހެން ބޭންކުތައް މި މަހުގެ 26 ވަނަ ދުވަހު ހުޅުވާ ގޮތަށެވެ. ބޭންކުތައް ހުޅުވާފައި ހުންނާނީ އެމްއެމްއޭ އިން ހަމަޖައްސާފައިވާ ގޮތުން އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ. އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާތީ ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ