- Advertisement -ad image

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު ފުރާނެ

ad image

ގުޅުންހުރި ލިޔުންތައް

1444ވަނަ އަހަރުގެ ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މި މިއަދު ހަވީރު އޮންނާނެއެވެ.

ފުރަތަމަ ފްލައިޓުން ހަވީރު 15:10ގައި ފުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފުރާ ޙައްޖުވެރިންނެވެ.

މިފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ފުރުމަށް ހަމަޖެހިފައިވާއިރު ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހުއެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:

12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10

13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 12:50

15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 19:00

16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން – 15:10

16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 19:00

19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަގެޖް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ