- Advertisement -ad image

އިންތިހާބުގެ ކުރިން ނިންމާގޮތަށް ހިޔާ ސަރަހައްދުގައި ފުޓްސަލް 2 ދަނޑު އަޅަން ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހުޅުމާލެ ފޭސް 2ގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ 2 ދަނޑު އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޒެބްކޯ ކުންފުންޏާއި ހަވާލުކޮށްފިއެވެ.
އާރބަންކޯއިން ބުނީ ފޭސް 2 ހިޔާ ސަރަހައްދު (ޕްލޮޓް ނަމްބަރު N6-38a) ގައި 2 ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޒެބޮކް އާއި ހަވާލުކުރީ ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ފަސްހާހް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި އަށް ކަމަށެވެ.
އަދި މި މަސައްކަތް ޒެބޮކް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.
މި ދަނޑުތައް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރބަންކޯއިން ބުނެއެވެ. އަދި މިނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އާއި އެ ކޯޕަރޭޝަނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ