- Advertisement -ad image

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށާއި މިއީ ހެޔޮއަމަލުކުރުމަށް މާތް الله އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު ހުތުބާގެ މައުޟޫއަކީ “ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް” މިއެވެ.
އެގޮތުން ހުތުބާގައި ބުނެފައިވަނީ މާތްالله ހަސްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ރަޖަބުމަހާއި، ޛުލްގައިދާމަހާއި، ޛުލްހިއްޖާމަހާއި އަދި މުހައްރަމުމަހެވެ. އޭގެތެރެއިންވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖުމަހެވެ. ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެމަހުގެ އެންމެ މާތް ދުވަސްތަކެވެ.

ހުތުބާގައި ބުނީ މިދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށްވުމުގެ ސަބަބެއް ކަމުގައި އިލްމްވެރިން ބަޔާން ކުރައްވަނީ އެންމެ މަތިވެރި ހެޔޮ އަމަލުތައް މިދުވަސްތަކުގައި ޖަމާވެގެންދާތީއެވެ.
“ ނަމާދާއި ރޯދައާއި ސަދަގާތާއި ހައްޖުގެ މަތުވެރި އަޅުކަން ޖަމައަވެގެން އަންނާތީއެވެ. އެހެންކަމުން މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހެޔޮއަމަލު ކުރުމަށް އަވަސްވެ ގަންނާށެވެ “ ހުތުބާ
ހުތުބާގައި ބުނީ އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހުލާސްތެރި ތައުބާއަކުން މިދުވަސްތައް ފެށުމަށެވެ. ތައުބާވާ އަޅުންދެކެ މާތްالله ލޯބިވެވޮޑިގަންނަވައެވެ. އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ގުރުއާނުގައި ގޮވާލައްވާފައިވާ އެއް ކަންތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ