- Advertisement -ad image

ބަންދާ ދިމާކޮށް ފުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަން ސިފައިންނާއި ފުލުހުން ނިކުމެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އީދު ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އޮޮޕަރޭޝަނެއް ފުލުހުންނާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި އޮޕަރޭޝަނުގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބަލާނެއެވެ.


އީދު ބަންދާ ގުޅިގެން މިމަހުގެ 25 އިން ފެށިގެން 29 ގެ ނިޔަލަށް ވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ 28 ޖޫން ވާ ބުދަ ދުވަހެވެ.
މީގެ އިތުރުން އީދު ބަންދާއި ސްކޫލްތަކުގެ ބޮޑު ޗުއްޓީ އާއި ދިމާވުމުން މިހާރުވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ފުރައިގެން ރަށްތަކަށް ދެއެވެ. ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ ގޮތުގައި ހަމަޖައްސާފައުވަނީ 23 ޖޫން އިން ފެށިގެން އޮގަސްޓް މަހުގެ 5 ވަނަ ދުވަހާއި ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ