- Advertisement -ad image

ރޯދަ މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓްގެ ބިލުން ވެސް ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެ މަނިކުފާނުގެ އެ ނިންމެވުމާއި އެއްގޮތަށް އެންމެ ފުރަތަމަ ކަރަންޓް ބިލުން ޑިސްކައުންޓް ދިނީ ރޯދަ މަހުގެ ކުރީގެ މަހުގެ ބިލުންނެވެ.

ފަހުމީ ވަނީ ރޯދަމަހުގ ބިލްތަކުގައި ޑިސްކައުންޓް ހިމަނައިގެން ބަދަލު ކުރުމަށްފަހު އަލުން ބިލް ފޮނުވާނެ ކަމަށް އެ ޕޯސްޓްގައި ވިދާޅުވެފައެވެ.

ފަހުމީ ވަނީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުން މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ