- Advertisement -ad image

ބާކީވާ ވޯޓު ކަރުދާސްތައް ނައްތާލުމަކީ އިންތިޚާބުގެ ސައްޙަކަން ކަށުވަރުކޮށްދިނުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ބާކީވާ ވޯޓު ކަރުދާސްތައް ނައްތާލުމަކީ އިންތިޚާބުގެ ސައްޙަކަން ރައްޔިތުންނަށް ކަށުވަރުކޮށްދިނުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ، އިންތިޚާބުގައި ވޯޓުލާ ނިމުމުން، ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން ނައްތާލުމަށް ހުށައަޅުއްވާފައެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވަނީ އިލެކްޝަންސް ކޮމިޝަނުން އެކިއެކި ޤާނޫނަށް، މީގެކުރިންވެސް އިންތިޚާބާއި ގާތްކޮށް އިސްލާހު ހުށައަޅާކަން ފާހަގަކުރައްވާ، އެފަދަ އިސްލާހެއް ޤާނޫނަށް ގެނައުމަށް އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިވަޑައިގެންފައެވެ.


“ވޯޓުލާ ނިމިގެން ބާކީ ހުންނަ ކަރުދާސްތައް، ވޯޓުލާ މަރުކަޒެއްގައި ބާކީ އެހުންނަ ކަރުދާސްތައް ވޯޓު ގުނަން ފެށުމުގެ ކުރިން އެތާގައި ތިއްބަވާ އޮބްޒަރވަރުންނާއި، މަންދޫބުންނާއި، މޮނިޓަރުންގެ ހާޒިރުގައި އެ ކަރުދާސްތައް ނައްތާލަ ދިނުމަށް އަޅުގަނޑުމެން މި އެދެނީ.” އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، ލަފާދޭ ކޮމިޓީ ވުޖޫދުވުމުގެ ކުރިންވެސް ޕީޕީއެމުން އެގޮތަށް އެދިފައިވާ ކަމަށެވެ. އެއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ އިލެކްޝަންސް ކޮމިޝަނުން ބަލާފައިވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ