- Advertisement -ad image

ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ގާސިމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީން ކަމަށްވިޔަސް އަދި ކޮންމެ ދިވެހިރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީ އިން ލިބިދޭ އަސާސީ ހައްގެއް ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވިއިރު ވ. އާރަށު މައްސަލައިގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި ރިޔާސީ ރޭހުން އެމަނިކުފާނަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.
ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

‏” އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްްޤެއް ވެސް މެއެވެ “ ގާސިމް ވިދާޅުވިއެވެ.

‏މީގެ އިތުރުން ގާސިމް ވިދާޅުވީ ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށެވެ.
‏ނަމަވެސް މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ކަމަށް ގާސިމު ސުވާލު އުފެއްދެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ