މާދަމާގެ ފޮޓޯއަކަށް ވާނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު (އިންޑިއާ ސަފީރު) ހުންނަވާ ފޮޓޯއެއް ކަމަށާއި ގައުމު އަޅުވެތިކޮށް ނިންމައިފި ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ ފުއާދު އާއި އިންޑިއާ ސަފީރު މަހާވަރުގެ ފޮޓޯއެއް ހިމެނުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޓޮމް ވިދާޅުވީ ރައީސް ޔާމިންގެ މައްސަލައިގެ ހައިކޯޓްގެ އެއްފަނޑިޔާރު ހުންނެވީ ތައިލެންޑްގެ ޕަތާޔާގައި ކަމަށެވެ. އަދި ސެޕްޓެމްބަރު 9 ގެ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ވޯޓެއް ކަމަށް ޓޮމް ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.



