އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކަންތައްތައް ކުރައްވާގޮތުން، ރައީސް އާ މެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖުލައި 18 ވަނަ ދުވަހު ފާސްކޮށްފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ފުވާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން ހަބީބު ވަނީ މިއަދު ޓުވީޓެއް ކުރައްވާފައެވެ.
އެގޮތުން ހަބީބް ވިދާޅުވީ ފުވާދުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ޖުލައި 18 ވަނަ ދުވަހު ބޭއްވި، ކޮމިޝަންގެ 794 ވަނަ ޢާންމު ޖަލްސާގެ އަގުލަބިއްޔަތުން ކަމަށެވެ.
އެހެންނަމަވެސް، މި ވޯޓަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށާއި ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވުން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަންގެ ކޮމިޝަނުގެ މރންބަރުންގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.



