- Advertisement -ad image

ސަލަފް ޖަމިއްޔާ އުވާލަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ޖަމިއްޔަތުއްސަލަފް އުވާލަން ޔޫތު މިނިސްޓްރީ އިން އިއުލާންކޮށްފިއެވެ.
އަންގާރަ ދުވަހު ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަލަފް ޖަމިއްޔާ ހިމެނޭހެން 1989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އުވާލަން ނިންމި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަށް ކަމަށެވެ. އަދި އެޖަމިއްޔާތަކަކީ ހިންގާ ކޮމެޓީ ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށް ވަނީ ބުނެފައެވެ.

މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޤާނޫނު ނަންބަރުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ