- Advertisement -ad image

އުވާލާ ލިސްޓްގައި ސަލަފުގެ ނަން ހިމެނިއިރު، ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި

ad image

ގުޅުންހުރި ލިޔުންތައް


ސަލަފު ޖަމިއްޔާ އުވާލާ ލިސްޓަށް ލާ އެކަން ޔޫތު މިނިސްޓްރީން އިއުލާނުކުރީ ހުރިހާ ލިޔެކިޔުމެއް ބަރާބަރަށް ހުށައަޅަމުން ދަނިކޮށް ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
އުވާލަން ނިންމި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އަދި އެޖަމިއްޔާތަކަކީ ހިންގާ ކޮމެޓީ ވެސް ރަޖިސްޓްރީ ކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ސަލަފު ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެއި 31، 2022 ގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވާނީ މެއި 31، 2024 ގައި ކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުވެސް ސަލަފުން ހުށައަޅާފައިވާ ކަމަށް ބުންޏެވެ.

“ވީމާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން އުވާލަން ލިސްޓްކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފުގެ ނަން ހިމަނާފައިވާތީ ޖަމިއްޔާތަކުގެ ބެލެނިވެރިކަން މަތިކުރެވިފައިވާ ވުޒާރާގެ ހައިސިއްޔަތުން ބަލަންވާ ވަރަށް ނުބަލާ ކަމުގައި ހިތާމައާއެކު ދަންނަވަމެވެ،”
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ އެތައް ކަމެއްގައި ހިލޭ ސާބަހަށް މުޖްތަމައަށް ހިދުމަތް ކުރަމުންދާ އެތައް ސަތޭކަ ޖަމިއްޔާއެއް އުވާލަން ސަރުކާރުން ނިންމި ނިންމުމާމެދު ސަލަފުން ނިހާޔަތަށް ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ