- Advertisement -ad image

އުވާލާ ލިސްޓްގައި ސަލަފު އޮތްކަން ނޭންގޭ، ލިސްޓް ފެނުނީވެސް ނޫސްތަކުން: މަހުލޫފު

ad image

ގުޅުންހުރި ލިޔުންތައް


ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން ފެނުނީ ނޫސްތަކުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ހަރަކާތްތެރި ނުވުމާއި، ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވުން އަދި ޖަމިއްޔާގެ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައިނުވާތީ ކަމަށް ބުނެ ޖުމްލަ 1،989 ޖަމިއްޔާއެއް އުވާލަން ލިސްޓުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ އުވާލާ ކަމަށް އިއުލާނުކުރި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށެވެ.
އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ހިމެނޭއިރު މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ ލިބިފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރު ކަމުގައި މަހުލޫފު ހުންނަވައި މިފަދަ ލިސްޓަށް މިނިސްޓަރަށް އެނގުމަކާނުލާ އިއުލާނު ކުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އުވާލާ ލިސްޓްގައި ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ސަލަފު ޖަމިއްޔާ ހިމަނާފައި ވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ