- Advertisement -ad image

އެހެން ޕާޓީތައް ތިބީ އަމިއްލަ ބާރު ކެނޑި ރަނިން މޭޓަކުވެސް ކަނޑަނޭޅި ކެންޑިޑެސީވެސް އިލެކްޝަނަށް ހުށަނޭޅިފައި: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


އެހެން ޕާޓީތައް އަދިވެސް ތިބީ އަމިއްލަ ބާރު ކެނޑި ރަނިން މޭޓަކުވެސް ކަނޑަ ނޭޅި ކެންޑިޑެސީވެސް އިލެކްޝަނަށް ހުށަނޭޅިފައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ކެންޑިޑޭޓު ރައީސް ޔާމީން މިއަދު ވަނީ އިލެކްޝަނަށް ފޯމު ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޝިޔާމު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓުކުރާ ޕާޓީ އަކީ ޕީޕީއެމް އަދި އެ ލީޑަރަކީ ރައީސް ޔާމީންކަން މާކުރިއްސުރެ އެނގެން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަަށް އިލެކްޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމާމެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ކޮމިޝަނުގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދަނީ މިއަދު އިރު އޮއްސި ހައެއް ޖެހުމުގެ ކުރިން ވަކި ގޮތެއް ޕީޕީއެމަށް އަންގަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ