- Advertisement -ad image

އީސީ އޮތީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި: ޑރ. ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


އިލެކްޝަން ކޮމިޝަން (އީސީ) ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތާށިވެފައިވާ ކަަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުން އެ ފޯމް ބަލައިގަނެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމުމުން ކުރެއްވި ޓުވީޓެއްގައެވެ.
ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އީސީން ނިންމާފައިވަނީ ގާނޫނީގޮތުން ގޯސްކޮށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގުކޮށްގެން ކަމަށްވެސް ވިދާޅުވިއެެވެ.
“ހީކުރި ގޮތަށް އީސީ ވަނީ ސަރުކާރުގެ ނުފޫޒްގެ ދަށުގައި ތާށިވެފައި. ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަނީ. ހައްގަށް ނަސްރު ލިބޭނެ.”. ޑރ. ޖަމީލް ވިދާޅުވިއެވެ.


ވ.އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި 11 އަހަރުގެ ޖަލުގެ ހުކުމެއް ރައީސް ޔާމީން ފުރިހަމަ ކުރައްވަމުން ގެންދަވާއިރު އީސީން ވިދާޅުވީ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ގަބޫލު ނުކުރަން ނިންމާފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަަށް (11 އަހަރު ދުވަހު) ގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައިސްފައިވާވުމާއެކު، މި ހުކުމް ތަންފީޒު ކޮށް ނިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލެމުން އެނގެން އޮންނާތީ ކަމަށެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ