- Advertisement -ad image

ރައީސް ޔާމީނުގެ އަރިހުން ދަރިވަރުވެގެން ވަޑައިގަންނަވާ ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އިސްލާމީ ޝަރީޢަތް ގާއިމު ކުރައްވާނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވި ކަމަށާ، ރައީސް ޔާމީނުގެ އަރިހުން ދަރިވަރުވެގެން ވަޑައިގަންނަވާ ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އިސްލާމީ ޝަރީޢަތް ގާއިމު ކުރައްވާނެ ކަމާއިމެދު ޝައްކެއްނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެމްޕޭން ޖަގަހަ “ދިވެހީންގެޖަގަހަ” ހުޅުވަން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފެންނަމުން ދިޔައީ ބަނަކަމާ ނާމާންކަން ކަމަށާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ އެމްޑީއެންގެ ރިޕޯޓުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދި މަންޒަރު ކަމަށެވެ.

އެއަށްފަހު ދެން އެންމެ ކަންބޮޑުވީ އެ ހުރިހާ ނޭއްގާނީ ޢަމަލުތައް ހިންގި ފަރާތްތަކަށް ދައުލަތުގެ ބޮޑެތި މުއައްސަސާތަކުން ބޮޑެތި ވަޒީފާތައް ދީ އެމީހުން ބާރުވެރި ކުރުވި މަންޒަރު ފެނިގެން ދިއުން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިސްލާމް ދީނަކީ އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާ ސުލްޙަ މަސަލަސްކަން ގެނެސްދިން ދީން ކަމަށާ މިދީނަށް ކުޑައިމީސްކޮށް ބަސްބުނެ ކަންކަން ކުރުމަކީ މި ޤައުމުގައި ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށާ މިބާވަތުގެ ކޮންމެ ކަމެއް ހުޢްޓުވުމުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ރަނިންގ މޭޓް އިސްވެ ހުންނަވާ ބަސް ވިދާޅުވާނެ ކަމަށެވެ.

އަދި މިރާއްޖޭގައި އިސްލާމީ ޝިޢާރު، ހަޟާރަތު، ވަޙުދަތު ރައްކާތެރި ކުރެއްވުމުގައި ޑރ. މުޢިއްޒު މަސައްކަތް ކުރައްވާނެ ކަމާއި މެދަކު ޝައްކެއްނެތް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ