- Advertisement -ad image

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ރަހިމުގެ ގުޅުން ދެމެހެއްޓުން “ މިއެވެ.
ހުތުބާގައި ވަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމާއި އެގުޅުން ކެނޑުމުގެ ގޯސްކަމުގެ މައްޗަށް ވަރަށް ތަފުސީލުކޮށް ބަލާލާފައެވެ.
އެގޮތުން ހުތުބާގައި ބުނެފައިވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ޢުމުރު ދިގުކޮށްދެއްވައި ރިޒްޤު ތަނަވަސްކޮށްދެއްވައި، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާނޭ ކަމެއް ކަމަށެވެ.
އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ﷲ ގެ ރުހިވޮޑިގަތުން ލިބޭނޭ ކަމެއް ކަމަށާއި އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެ މީހާގެ ފާފަ ފުއްސަވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. “ރަހިމުގެ ގުޅުންތައް ދެމެހެއްޓުމަށްޓަކައި، ތިޔަބައިމީހުންގެ ނަސަބުތައް ދަސްކުރާށެވެ. ފަހެ ހަމަކަށަވަރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ، ގާތްތިމާގެ މީހުންގެ މެދުގައި، ލޯބި ދެމެހެއްޓޭނެ ކަމެކެވެ. އަތްމަތި ތަނަވަސްކޮށްދޭނެ ކަމެކެވެ. އަދި އުމުރު ދިގުކޮށްދޭނެ ކަމެކެވެ” ހުތުބާ

ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭނެ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނެކަން އަންގަވައި މާތް ނަބިއްޔާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ ފާފަތަކުގެ ތެރެއިން އަނިޔާކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުން ފިޔަވައި އެންމެހައި ފާފަތަކުގެ ޖަޒާ ގިޔާމަތާ ހަމައަށް މާތް الله ފަސްކުރައްވަތެވެ. ނަމަވެސް މިތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް މާތް الله ދެއްވަތެވެ” ހުތުބާ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ