- Advertisement -ad image

ސަރުކާރަށް ގޯތި ދެވުނީ ރައީސް ޔާމީންގެ ޒައާމަތުގައި ބިންހިއްކިފައި އޮތަތީ: ޑރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ގޯތި ދެވުނީ ރައީސް ޔާމީންގެ ޒައާމަތުގައި ބިންހިއްކިފައި އޮތަތީ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ތިނަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ބިން ހިއްކާފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ޒައާމަތުގައި ތިނަދޫއިން އެކަނިވެސް 52 ހެކްޓަރުގެ ބިން 6 ދުވަހުގެ ތެރޭގައި ހިއްކަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.


“ އެ ބިންތަކުގެ ބޭނުން އެބަ ކުރެވޭތޯ؟ ދެން ގޯތި ދީފައި ބުނާނެ ޝުކުރުވެރިވާށޭ އެހެން ނޫނީ އަޒާބު ލިބޭނެއޭ. އެކަމަކު ޝުކުރުވެރިވަންޏާ ވޯޓު ދޭންވީ ކޮންބަޔަކަށް. ބިން ހިއްކި ފަރާތަކަށް ނޫންތޯ ވޯޓު ދޭންވީ؟ “ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ތިނަދޫ އަށް އެކަނިވެސް 1 ބިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ. އަދި ތިނަދޫގެ ބަނދަރާއި މިއުޒިއަމްގެ އިތުރުން އިސްލާމީ މަރުކަޒު އެޅިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ މުއިއްޒު ކަމަށާއި މިއަދު މުއިއްޒުގެ ފަހަތްޕުޅުގައި ހުރެ ކެމްޕެއިނަށް ނިކުމެވަޑައިގަތީ މިފަދަ އެތައް ސަބަބުތަކަކާ ހުރެ ކަމަށް ޝަހީމް ވިދާޅުވިއެވެ.


ޝަހީމު ތަކުރާރުކޮށް ވިދާޅުވީ އިރާދަފުޅުން 9 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށެވެ. ކަންކަން ނުކުރެވި ލަސްވެގެން މިދަނީ އެކަން ކުރުމުގެ ތަސައްވުރު އެއުރެންގެ ކިބައިގާ ނެތީމަ ކަމަށް ޝަހީމު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ