- Advertisement -ad image

ޑރ މުއިއްޒަކީ ރައީސް ޔާމީނުގެ ސިޔާސީ މަދަރުސާގެ ވަރަށް އިލްމީ ދަރިވަރެއް: ޑރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަކީ ރައީސް ޔާމީނުގެ ސިޔާސީ މަދަރުސާގެ ވަރަށް އިލްމީ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު އާއި ގުޅޭގޮތުން ސަރުކާރުގެ އެކި ފަންތީގެ ވެރިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ ޝަހީމް ވިދާޅުވީ މުއިއްޒު އަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ގާބިލް އިލްމީ ކެންޑިޑޭޓު ކަމަށެވެ.
“އެހެންވީމަ ތިޔަބޭފުޅުން އެމަނިކުފާނުގެ އަތްޕުޅުގައި ހިތްޕަވާށޭ. އެމަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެއޭ “ ޝަހީމް ވިދާޅުވިއެވެ.
ޑރ މުއިއްޒު މި އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ އަލާމާތްތައް މިހާރު ފާޅުވާން ފަށައިފި ކަމަށާއި ސީދާ ރައީސުލްޖުމުހޫރިއްޔާ އަމިއްލަފުޅަށް ޑރ މުއިއްޒަށް ހަމަލާގެ ބަސްތައް ރައްދު ކުރައްވަން ފައްޓަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
“ މިއީ ރައީސް ސާލިހު އާއްމުކޮށްކުރައްވާ ކަމެއް ނޫން. ޑރ މުހައްމަދު މުއިއްޒަށް ރައީސް އެ ވިދާޅުވި ބަސްފުޅުތައް އަޅުގަނޑުމެން ކުށްވެރިކުރަން” ޝަހީމް ވިދާޅުވިއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވީ ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ އެމަނިކުފާނުގެ އެކައުންޓަށް ދައުލަތުގެ ފައިސާތައް ޖަމާކުރާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ހަރަކާތެއް ފެށިގެން އުޅޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ